އޭޝިއާ ޕެސިޕިކް ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ވަޒީރު ޑރ އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންފި އެވެ.

މި މަހާސިންތާ އަކީ އިންޑޮނޭޝިއާ އަދި ޗައިނާގެ ކަމާއި ބެހޭ އިދާރާތަކުގެ އިސް ވެރިންނާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އިން އޭޝިއާ އެންޑް ދަ ޕެސިފިކް ރީޖަންގެ ރީޖަނަލް ޑިރެކްޓަރ ޕިއޯ ސްމިތް ގެ އިތުރުން ހެލްޕްއޭޖް އިންޓަނޭޝަނަލް ޖަމިއްޔާގެ ސީ.އީ.އޯ ޗެރިއަން މެތިއުސް ވެސް ބައިވެރިވެވަޑައިގެން ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

ވަޒީރު ޑރ އައިޝަތު ޝިހާމް ވަނީ ދިވެހިރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތަކާއެކު ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.