އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމު ދ ބަނޑިދޫގައި ފަށައި އެ ރަށުގެ ގެތަކަށް ޒިޔާރަތްކޮށްފި އެވެ.
މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރައްޔިތުންގެ ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެލުމަށް ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމު ކުރިއަށް ދާއިރު، ދ އަތޮޅުގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ މި ޕްރޮގްރާމު ފަށައިފަ އެވެ. އަދި މި ޕްރޮގްރާމަށް އެ އަތޮޅުގެ ރަށްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.