1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބައިލައްކަ ރުފިޔާއާއި ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއެކު 6 މީހަކު ހައްޔަރުކޮށްފި

Velidhoo in Hayyarukuri meehun
ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން/ފޮޓޯ: ފުލުހުން
އައިޝަތު އަންޖަަލް
513ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައިފާސްކޮށްފައިވެއެވެ. ފުލުހުން ބުނީ އެގެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމް ކަމަށެވެ. އަދި އޭގެ އިތުރުން 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައެވެ. ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވެއެވެ.

300 × 250

8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި