1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އެކި ހިސާބުތަކުން 20 ކޯޗުން ތަމްރީނުތަކަކަށް ޗައިނާއަށް

9m
ކޯޗިން ކޯހަކަށް ޗައިނާ އަށް ދިޔަ ފަރާތްތައް
މަރްޔަމް ޝަފާ ސައީދު
689ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އެކި ހިސާބުތަކުން ހޮވާލެވުނު 20 ބައިވެރިން، ކޯޗިން ކޯހަކަށް ޗައިނާ އަށް ފުރައިފި އެވެ.

ޗައިނާގެ ހަންޒޫގައި ކުރިއަށްދާ މި ކޯޗިން ކޯސް ކުރިއަށްދާނީ މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5ގެ ނިޔަލަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މިކޯހަށް ހޮވާލެވުނު 20 ބައިވެރިންގެ ތެރޭގައި ހިމެނެނީ 12 ފިރިހެން ބައިވެރިންނާއި، 8 އަންހެން ބައިވެރިންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންގެ އިތުރުން ކުރީގެ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.

މި 20 ބައިވެރިންގެ ތެރޭގައި އައްޑޫ ސިޓީގެ ފޭދޫ، ބ. ގޮއިދޫ، ކ. ހުރާ، ކ. މާލެ، އދ. މަހިބަދޫ، ހދ. ހަނިމާދޫ ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، އައްޑޫ ސިޓީ ހިތަދޫ، ފ. ފީއަލި، ޅ. ނައިފަރު އަދި ހއ. ހޯރަފުށި، ވ. ފެލިދޫ، ރ. މީދޫ އަދި އއ. ބޮޑުފުޅަދޫ އަށް ނިސްބަތްވާ ބައިވެރިން ހިމެނެ އެވެ.

300 × 250

ބައިވެރިން ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ބައިވެރިންނާ ބައްދަލުކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވަނީ މަރުޙަބާ ދަންނަވާފަ އެވެ.

މި ބައްދަލުވުމުގައި ޗައިނާ ސަފީރުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުރައްޒާގް އާއި އިބްރާހިމް އާއި ވޮލީބޯޅަ އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޗައިނާގައި ކުރިއަށްދާ ތިން ހަފްތާގެ ތަމްރީންތަކުގައި ވޮލީބޯޅަ ކޯޗިންއާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްދިނުމުގެ އިތުރުން، ޕްރެކްޓިކަލް ކުލާސްތައްވެސް ކުރިއަށްދާނެ އެވެ. އަދި ޗައިނާގެ އެކި ކޮލެޖުތަކާއި ޔުނިވާސީޓީތަކުގެ ޓީމްތައް ތަމްރީންކުރާ ގޮތް ބަލައި، ގިނަ ކަންތައްތަކެއް ދަސްކޮށްދެވޭނެ އެވެ.

ޗައިނާ އަކީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ގައުމެކެވެ. މީގެ ކުރިން ޓޭބަލް ޓެނިސް ކަހަލަ ކުޅިވަރުތައް ކުރިއެރުވުމުގައި ޗައިނާ ސަރުކާރުން ވަނީ އެހީތަކެއްވެފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި