ބިދޭސީން ދިރިއުޅޭ 5 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅުނު 5 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ފެށި އޮޕަރޭޝަނެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން ވަނީ 12 ސެޕްޓެންބަރު 2024 ގައި، މާލޭގެ 05 ގެއެއް ބަލައި 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފަސް ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.