އިސްރަށްވެހިންގެ ނާދީގައި ޤައުމީ ދުވަސް އަދި މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި ނާދީގެ މެންބަރުން ވަނީ ޤައުމީ ދުވަހާއި މާމަކާފަ ދުވަހާއި ގުޅޭ ޝުޢޫރު ފާޅުކޮށް، ކުރު ތަމްސީލެއް ހުށަހަޅާފައެވެ. އޭގެ އިތުރުން، މަދަހަކިޔުމާއި، މާމަ އަދި ކާފަކުދިންގެ ޚާއްސަ ޅެން ހުށަހެޅުމުގެ އައިޓަމެއްވެސް މި ހަފްލާގައި ކުރިއަށް ގެންދެވުނެވެ.

ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވި އެ ހަފްލާ ވެގެންދިޔައީ އުފާވެރި މާޙައުލެއްގައި، ގިނަ ހަރަކާތްތަކާއެކު، އެކަކު އެނަކާއި އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމަށް ލިބިގެންދިޔަ ފުރުޞަތަކަށް އިޖްތިމާއީ އަދި އާއިލީ ތަރައްގިއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.