ދިވެހި ޤައުމީ ދިދައަށް ޤާނުނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހި ދިދައާއި ދިވެހި ނިޝާނަށް ގާނޫނެއް ގެންނަން ޖެހޭ ކަމަށެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޤައުމީ ދިދައާއި ޤައުމީ ނިޝާނަށް ގާނޫނެއް ގެނައުމުގެ މަސައްކަތް އޮތީ މިހާރު ތާވަލްކުރެވިފައި ކަމަށާއި، ދިވެހި ދައުލަތުގެ ގައުމީ ރަމްޒުތައް ހިމާޔަތް ކުރުމައްޓަކާ ބިލް ވެސް ވަނީ ޑްރާފްޓް ކޮށްފައި ކަމަށެވެ.
"މި ކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ދިދައަށާއި، ދިވެހި ގައުމީ ނިޝާނަށް ޤާނޫނީ ހިމާޔަތް ލިބެންޖެހޭ. ދައުލަތުގެ ނިޝާންތަކުގެ އިންތަކާ މިންތައް ކަނޑައެޅިފަ އޮންނަގޮތުން ގާނުނަށް އަންނަން ޖެހޭ." ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.
އާދަމް ނަސިރު ވިދާޅުވީ ދިވެހި ދިދައަށް ހުރިހާ ގޮތަކުންވެސް ހިމާޔަތާއި ރައްކާތެރިކަންދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގަ ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހިންގެ ދައުލަތުގެ ނިޝާނާއި، ދިވެހިންގެ އިއްޒަތާއި ގުޅިފަހުރި ހުރިހާ ކަމެއް ޤާނޫނާއި އެކު ފެންނާނެ ކަމަށެވެ. https://huvadhoomedia.com/69530 އެގޮތުން މިހާރުވެސް އެ މަސައްކަތް ފަށާފައިވާ ކަމަށާއި، ގައުމީ ދިދައަށް ހާއްސަ ގަދަރެއް ދީ އަންނަން އޮތް ޖީލަށް ދިދައަކީ ކޮންމެހެން މުހިންމު ބައެއްކަން ފެންނަން ޖެހޭގޮތަށް އެކަން އޮންނަން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.