1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ނިޒާމެއް ވަކި ގާނޫނަކާ އެކު ގެންނަން ޖެހޭ: އައްބާސް ޝަރީފް

ޕޖ
ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ؛ އައްބާސް ޝަރީފް
މަރްޔަމް ޝަފާ ސައީދު
342ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮންމެ މައްސަލައެއްގައި މުއްދަތު ޖަހާފައި ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ނިޒާމެއް ވަކި ގާނޫނަކާ އެކު ގެންނަން ޖެހޭ ކަމަށް ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އައްބާސް ޝަރީފް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ހަމައެކަނި ޕްރޮސިކިއުޓަ ޖެނެރަލް އޮފީސް އެކަނި ހިމެނޭ ނިޒާމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޓާނީ ޖެނެރަލާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކާ އަދި މަޖިލިސް ވެސް ހިމެނޭ ނިޒާމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްބާސް ޝަރީފް އިތުރަށް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ ޖެހުމަށް ހައްލު ހޯދުމަށްޓަކައި ގާނޫނު އަސާސީއަށް ވެސް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުން އިޖުރާތު ގާނޫނަށް ހުށަހަޅުއްވާފައި އޮތް އިސްލާހުތަކުން ބަދަލުތައް ގެނެވުނީމާ ވެސް މި ކަމަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

300 × 250

މުޅި މައްސަލައަށް ހައްލު ލިބޭނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޯޓުތަކުން އަވަހަށް ހުކުމް ކުރެވޭ ގޮތަށް ނިޒާމް ބައްޓަން ކުރެވިގެން ކަމަށް އައްބާސް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އުމްރާނީ ވަސީލަތްތައް މަދުވުމުން މައްސަލަތައް ބެލުން ލަސްވާ މައްސަލައިގައި މިހާރު އޮތް ކަންބޮޑުވުމަށް ހުޅުމާލޭގައި ހަދަމުން އަންނަ ވަގުތީ ކޯޓާ އެކު ހައްލުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްބާސް ޝަރީފް އިތުރަށް ފާހަގަކުރެއްވީ ޕީޖީ އޮފީހުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަނޭޅުމުގެ ސަބަބުން ވެސް ލަސްތަކެއް ދިމާވާ ކަމަށާއި، ހެކިން ހާޒިރު ކުރުމުގައި ހުންނަ ދަތިތަކަކީ ވެސް ހައްލު ކުރަން ޖެހޭ ކަންކަން ކަމަށެވެ.

މި ބައްދަލުވުމަކީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު ހުސްނީ މުބާރިކު ވަނީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް އައްބާސް ޝަރީފް ދެކިވަޑައިގަންނަވާ ތަސައްވުރާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި