މާލެ، ބޮޑުފުޅައް ގޯޅީގައި އޮތް ކާރެއް ބަލައިފާސްކޮށް މީހަކު ހައްޔަރުކޮށްފިއެވެ.

ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ފުލުހުން ބޮޑުފުޅައް ގޯޅިން ދިޔައިރު ކާރެއް ކައިރީގައި ތިބި ބަޔަކަށް ފުލުހުން ފެނުމުން ކާރު ދޫކޮށްލާފައި ގޮސްފައިވެއެވެ. އެހެންކަމުން، ތުހުމަތުކުރެވިގެން ފުލުހުން ގޮސް އެކާރު ބަލައިފާސްކުރިއިރު 106 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ރަސުލް އުލާ ރިދޯއީ (30އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.