ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ބޭރުގެ ދެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މިއޮޕަރޭޝަން ހިންގުމުގައި އަސްރުމާ-3 ދޯނިން އެމްއެންޑީއެފް އަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ދެބޯޓުކަން އެމްއެންޑީއެފުން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ މަސްބޯޓުފަހަރާއި ދޯނިތައް އަތުލައިގެންފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ ދެ ބޯޓު އަތުލައިގެންފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.