1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެ-ތުރުކީ ޕީޓީއޭ؛ 85 މިލިޔަން މީހުންގެ މާކެޓަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް ސޮއިކުރުމުގެ ތެރެއިން
މަރްޔަމް ޝަފާ ސައީދު
814ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަށް އަމަލުކުރަން ފެށުމާއެކު، 85 މިލިޔަނަށްވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން ޙާސިލްކުރެވުނު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ނަގަމުން ދިޔަ ޑިއުޓީ މާފުވެގެންދާނެއެވެ. މީގެ ސަބަބުން 85 މިލިޔަނަށްވުރެ ގިނަ ކޮންސިއުމަރުން ހިމެނޭ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ފޮނުވުމުގެ ފުރުޞަތު ފަހިވާނެ ކަމަށާއި، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި މުދާ ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

300 × 250

ރާއްޖެއާއި ތުރުކީއާ ދެމެދު މިފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުނީ، މިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި ވާނީ މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ބޭނުންވާ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޮޓިފިކޭޝަން ލިޔުންތައް ބަދަލުކޮށްފައެވެ.

ސަރުކާރުން ދެކޭ ގޮތުގައި ތުރުކީވިލާތާއެކު ވެވުނު މި އެއްބަސްވުމަކީ ޔޫރަޕުގެ މާކެޓަށް ދިވެހި އުފެއްދުންތައް ވެއްދުމަށް އެޅުނު މުހިންމު ފާލަމެކެވެ. މީގެ ސަބަބުން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ހުރި ހުރަސްތައް ކުޑަވެ، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު އިތުރުވެގެންދާނެއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިއަދު އަމަލުކުރަން ފެށި ވިޔަފާރީގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި