1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫސިޓީ ހިތަދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި

77
އައްޑޫގައި ބަޔަކު އަނިޔާކުރި މީހާ: އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ
މަރްޔަމް ޝަފާ ސައީދު
293ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫސިޓީ ހިތަދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށެވެ. އަނިޔާ ލިބުނު ފަރާތަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

300 × 250

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަނިޔާ ލިބުނު ފަރާތް ވަރަށް ބޮޑަށް ޒަޚަމްވެފައި އޮތީ ގޭގެ ގޯތިތެރޭގައި ފާރެއް ކައިރީގައެވެ. އޭނާގެ މުޅި ހަށިގަނޑާއި ފާރުގައި ވެސް ލޭ ހުރި ކަމަށް ފާހަގަކުރެވެއެވެ. އަދި އޭނާގެ ބޮލުގައި ދެ ތަނަކުން ފަޅާލާފައިވާ ކަމަށް ވެސް ފެނެއެވެ. ވީޑިއޯގައި އަނިޔާ ލިބުނު ފަރާތް އެމްބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ވެސް ފެންނަން ހުއްޓެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާކުރީ މޫނު ނިވާކޮށްގެން ތިބި ތިން މީހުންގެ ގްރޫޕަކުން އެ ގެއަށް ވަދެގެންނެވެ.

ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި