1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕޮލިޓެކްނިކުން ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ދަރިވަރަކު ތަމްރީނުވެއްޖެ

politevnic2024-1726903805701
މޯލްޑިވްސް ޕޮލިޓެކްނިކުން ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން ތަމްރީންވި ދަރިވަރުން. ފޮޓޯ: މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ
އަޙްމަދު ޝަބީން
347ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ޕޮލިޓެކްނިކުން ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ދަރިވަރަކު ތަމްރީނުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި މޯލްޑިވްސް ޕޮލިޓެކްނިކްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ގްރެފިކް ޑިޒައިން، އިލެކްޓްރިޝަން، އިންޖީން ރިޕެއަރ، އޮފިސް މެނޭޖްމަންޓް، ވުޑް ޓަރނިންގ، ފެޝަން ޑިޒައިން، އާކިޓެކްޗަރ ފަދަ އެތައް ދާއިރާއެއްގެ ކޯސްތަކަކުން ދަރިވަރުން ދަސްވެނިވެފައެވެ.

އެގޮތުން 324 ފިރިހެން ދަރިވަރުންނާއި 107 އަންހެން ދަރިވަރުންނާއެކު ޖުމްލަ 431 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

300 × 250

ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، އައްޑޫ ސިޓީ ހިތަދޫ، ގއ. ވިލިނގިލި، ގދ. ގައްދޫ އަދި ހއ. ދިއްދޫ ކެމްޕަސްގެ ދަރިވަރުން ހިމެނެއެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ތަމްރީނުވެފައިވާ 22 ދަރިވަރުން ވަނީ ޚާއްސަ އެވޯޑް ވެސް ހާސިލުކޮށްފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ޓެކްނިކަލް ދާއިރާތަކުން ގައުމަށް ޚިދުމަތް ކުރާނެ ޒުވާނުން ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަކީ 1975 ވަނަ އަހަރު ވީ.ޓީސީގެ ނަމުގައި އުފެދުނު އިންސްޓިޓިއުޓެކެވެ. 2010 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރެއްގެ ދަށުން "މޯލްޑިވްސް ޕޮލިޓެކްނިކް" ނަމަށް ބަދަލްކުރެވި ވޮކޭޝަނަލް ޓްރެއިންނިންގ ކޯސްތައް ހިންގުމަށް ވަނީ މަތިކުރެވިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި