ރާއްޖޭގެ އެކި ރަށްރަށުން ބޮޑެތި ގަސްތަށް އުފުރައިގެން އެކިތަންތަނަށް ގެންދާއިރު، މިނިސްޓްރީ އޮފް އެންވަޔަރަމެންޓް މިނިސްޓްރީގެ ހިލަމެއް ނެތެވެ.
ރާއްޖޭގެ އެކި ރަށްރަށުން ގަސްތައް އުފުރައިގެން ގެންދާތީ “ސޭވް މޯލްޑިވްސް ކެންޕެއިން”ގެ ނަމުގައި މީސްމީޑިޔާގައި ކެމްޕެއިނެއް ފެއްޓި ވަނީ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރަށްރަށުގައި ފޯދިފައިހުރި ބޮޑެތި ގަސްތައް ނަގައިގެން ގެންދިއުމަކީ މީގެ ސަބަބުން އެ ރަށްރަށައް ގެއްލުން ލިބޭނެ ކަމެއްކަމުގައިވާއިރު، “ސޭވް މޯލްޑިވްސް ކެންޕެއިން” ޓްވިޓާ އެކައުންޓުން މިކަން ގިނަބައެއްގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. ރަށްރަށުން ބޮޑެތި ގަސްތައް އުފުރާލުމަކީ އޭގެ ސަބަބުން ރަށުގެ ފަސްގަނޑު ހިފެހެއްޓުމަށް ގެއްލުންތަކަކާއި ކުރިމަތިވާނެކަމަށް ސޭވް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. ސަބަބަކީ ގަސްތަކަކީ ރަށުގެ ފަސްގަނޑު ހިފެހެއްޓުމަށް މުހިންމު އެއްޗަކަށްވާތީއެވެ.
https://twitter.com/SaveMaldivesMV/status/1437038796411834370?s=20
“ސޭވް މޯލްޑިވްސް ކެންޕެއިން” ގެ ޓްވިޓަރ އެކައުންޓްގައި ބުނެފައިވަނީ ހދ. ނައިވާދޫގެ ގަސްތައް ނަގަމުންދާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވެފައިވާކަމަށެވެ. މި ގަސްތައް ނަގަމުންދަނީ ސޯލާ ޕްރޮޖެކްޓަކަށެވެ. ރާއްޖޭގެ ރަށްރަށުގައި ފޯދިފައި ހުންނަ ގަސްތައް ވަރަށް ގިނައިން ނަގައިގެން ރިސޯޓްތަކަށްވެސް ގެންދެއެވެ.
https://twitter.com/SaveMaldivesMV/status/1437038806880833539?s=20
ޤަވާއިދާއި ޚިލާފަށް ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތަކާ މެދު ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މީގެކުރިން ވަނީ ވިދާޅުވެސްވެފައެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ” ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ޤަވާއިދުގެ ދަށުން މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންނެވެ. އެހެންކަމުން ރުށްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން އީޕީއޭގެ ހުއްދަ ލިބިގެން ކަމަށްވާތީ ރިޒޯޓް ތަރައްޤީކުރާ ފަރާތްތަކުންނާއި، ކޮންޓްރެކްޓަރުންނާއި، ކައުންސިލްތަކުން މިކަން ޔަޤީންކުރުމަށް އީޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.