1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

އިންޓަރ އޮފީސް، ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

big_H2xRX8WrIubGDGezftyLNOJxd
މީގެކުރިން ބޭއްވި ޓޭބަލް ޓެނިސް މުބާރާތެއްގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
އަޙްމަދު ޝަބީން
354ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޮފީސް، ކުންފުނި އަދި ރިސޯޓުތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ އިންޓަރ އޮފީސް، ކުންފުނި އަދި ރިސޯޓް ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 04 އިން ނޮވެމްބަރު 10 އަށް ކަމަށެވެ.

މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ފިރިހެން ޑިވިޝަން ޓީމް އިވެންޓް އަދި އަންހެން ޑިވިޝަން ޓީމް އިވެންޓެވެ.

300 × 250

މި މުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވަން ބޭނުންވާ އެންމެހައި އޮފީސް، ކުންފުނި އަދި ރިސޯޓް ތަކުން އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި އެ ފަރާތެއްގެ ނަން، މަގާމު އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް 10 އޮކްޓޫބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ އެދިިފައެވެ.

22 އޮކްޓޯބަރު ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު އެ އެސޯސިއޭޝަން އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މިކަމާގުޅޭ އިތުރު މައުލުމާތު ބޭނުންވާނަމަ 7778722 7779140 ނަންބަރާއި ގުޅުމަށް ނުވަތަ ttmaldives@gmail.com އަށް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި