29 ރަށެއްގެ ކައުންސިލު އިދާރާއަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނުކޮށްފިއެވެ. ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލު އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފެވެ. ސެކްރެޓަރީ ޖެނެރަލުންގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ކައުންސިލުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލު ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަދި ކައުންސިލު އިދާރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކައުންސިލުގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓުކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުމަކީ ވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތެކެވެ. ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާނުކުރި ރަށްތައް:
- ހއ.ވަށަފަރު
- ހއ.ކެލާ
- ހއ.މުރައިދޫ
- ށ.ފޭދޫ
- ށ.މަރޮށި
- ށ.ފީވަށް
- ރ.ވާދޫ
- ރ.ރަސްމާދޫ
- ރ.މަޑުއްވަރި
- ބ.ފުޅަދޫ
- ބ.ފެހެންދޫ
- ބ.ހިތާދޫ
- ކ.ތުލުސްދޫ
- އއ.މާޅޮސް
- އދ.ދިއްދޫ
- އދ.މަހިބަދޫ
- އދ.ހަންޏާމީދޫ
- ވ.ތިނަދޫ
- ވ.ރަކީދޫ
- ފ.ދަރަނބޫދޫ
- ފ.ނިލަންދޫ
- ދ.ރިނބިދޫ
- ދ.ކުޑަހުވަދޫ
- ދ.މާއެނބޫދޫ
- ތ.ގާދިއްފުށި
- ތ.ތިމަރަފުށި
- ލ.ދަނބިދޫ
- ގއ.ކޮލަމާފުށި
- ގއ.ދެއްވަދޫ
މި ރަށްރަށުގެ ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.