16 އަހަރުގެ ކުއްޖަކަސް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި، މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައި ނުވެއެވެ.
އަދި މިމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތާއި، މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަސް ފުލުހުން ވިދާޅުވެފައިނުވެއެވެ.
ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ. މިމައްސަލައަކީ ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވާ މައްސަލައަކަށް ވާތީ ކުއްޖާ ނިސްބަތްވާ ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.