1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

miha
މާފަންނު ސަހަރާތެރޭގެ މަންޒަރެއް.....ފޮޓޯ:- މިހާރު
މަރްޔަމް ޝަފާ ސައީދު
213ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާ ހުސްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމުގައި މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. އެބިން އެގޮތަށް އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު މިހާރު ކައުންސިލުން މިވަނީ އެތަން ބޭނުން ހިފޭ ތަނަކަށް ހެދުމުގެ މަގުސަދުގައި މިމަސައްކަތް ފަށާފައެވެ.

ބޭކާރުވެފައި އޮންނަ ބިމެއްގެ ގޮތުގައި މާފަންނު ސަހަރާހެެގެ އެބިން ބޭއްވުމުގެ ބަދަލުގައި އެތަން ސާފުކޮށް އެތަނަކީ އާންމުންނަށް ބޭނުންކުރެވޭ ހިތްހަމަ ޖައްސާލަން ފިނިކޮށްލަން މަޑުކޮށްލެވޭ ތަނަކަށް ހެދުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. އެގޮތުން ސަހަރާގެ 36،153 އަކަފޫޓު ސާފުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

300 × 250

ސަހަރާ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން 36،153 އަކަފޫޓުގެ ސަރަހައްދުގައިވާ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމުގެ އިތުރުން އެ ވެލި ހުޅުމާލެ ސަހަރާއަށް ގެންދާނެއެވެ. އަދި ސަހަރާގެ މަގުމަތީ ފާރު ވެސް ނަގާލަން ވަނީ ނިންމާފައެވެ. ހަމައެއާއެކު ސަހަރާގައި ހުރި ގަސްތައް ވެސް ނަގައި ކައުންސިލުން ދައްކާ ތަނެއްގައި އަލުން އިންދަން ވަނީ ނިންމާފައެވެ.

އަމިއްލަ ތަކެތީގައި މަސައްކަތްކޮށް، ސަހަރާ ހުސްކޮށް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިދިޔަ އޮގަސްޓުމަހު ކައުންސިލުން ވަނީ ބީލަމަށް ހުޅުވާލާފައެވެ

މާލޭގައި މިނީބަހުގެ ހިދުމަތަށް މަޖީދީ މަގުގައި ޕާކުކުރުން މަނާ ކުރުމަށްފަހު މާފަންނު ސަހަރާ ހުސްކޮށް، ޕާކިން ޒޯނެއް ހެދުމަށް ސަރުކާރުން ނިންމިއެވެ. އެހެންނަމަވެެސް މާފަންނު ސަހަރާ އެގޮތަކަށް އޮތީއެވެ، އަދި ހެންވޭރު އަދި މައްޗަންގޯޅި ސަހަރާ ސާފުކޮށް ޕާކިން ޒޯނެއް ވަނީ ހަދާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި