1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގެންފި

20240923_195234
އެމެރިކާގެ ހަވާއީގައި ބޭއްވި 26 ވަނަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް ކޮންފަރެންސް" ގެ ބައިވެރިން. ފޮޓޯ: އެމްއެންޑީއެފް
އަޙްމަދު ޝަބީން
367ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމެރިކާގެ ހަވާއީގައި ބޭއްވި 26 ވަނަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް ކޮންފަރެންސް"ގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގެންފިއެވެ.

އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް ކޮންފަރެންސް ފެށީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ސެމިއުލް ޖޭ ޕަޕަރޯ ހޯސްޓްކޮށްދެއްވި މި ކޮންފަރެންސްގައި އޭޝިއާ، ޕެސިފިކް އައިލެންޑްސް، ޔޫރަޕް، އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގެ އެންމެ އިސް އަސްކަރީ ލީޑަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

300 × 250

މި ކޮންފަރެންސްގައި ސަރަހައްދީ ސަލާމަތީ ކަންކަމާބެހޭ ގޮތުން މި ކޮންފަރެންސްގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ގައުމުތަކުން ގުޅިގެން އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ވާހަކަ މަޝްވަރާ ކުރައްވާފައިވެއެވެ.

"ދަ ފިއުޗާ އިންޑޯ-ޕެސިފިކް: ބިލްޑިންގ އަ ރެސިލިއަންޓް އެންޑް އިންޓަކަނެކްޓެޑް ރީޖަން" ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި 28 ގައުމަކާއި، މަލްޓިނޭޝަނަލް އޯގަނައިޒޭޝަންތަކުން ވަނީ ތަމްސީލުކޮށްފައެވެ.

މި ކޮންފަރެންސްގެ ހަވާސާގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޙިލްމީ ވަނީ ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ސެމިއުލް ޖޭ ޕަޕަރޯ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އިންޑޯ ޕެސިފިކް ކޮމާންޑްގެ ތެރެއިން ދިވެހި އަސްކަރިއްޔާގެ ކެޕޭސިޓީ ވަރުގަދަކުރުމަށާއި ތަރައްގީކުރުމުގެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް، ޙިލްމީ މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި