1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެމްކިއުއޭގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމެއް ގާއިމް ކުރަނީ

Mathy Thauleem
އެމްކިއުއޭ ގެ ސީއީއޯ ފިޒާނާ
ޖަންނަތު އާދަމް
283ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.

ފިޒާނާ ރަޝީދު މިފަަަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ފިޒާނާ ރަޝީދު ވިދާޅުވީ ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓް ހުށައަޅާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އިދާރާގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމްއެއް ޤާއިމްކުރުމަށްޓަކައި އެންސީއައިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށާއި އެ ސިސްޓަމް އަންނަ އަހަރުގެ މެދުތެރޭގައި ގާއިމްކޮށް ނިންމާލެވޭނެ ކަމަށެވެ.

މި ސިސްޓަމް ގާއިމްކުރުމުން ވަޒިފާ ދޭ މީހުންނަށް ފަސޭހައިން ވަޒީފާއަށް ހުށައަޅާ މީހުންގެ ސެޓްފިކެތްތަކުގެ އަސްލު ބަލާލެވޭނެކަމަށާއި  މަތީ ތަޢުލީމް ދޭ މަރުކަޒުތަކަށްވެސް އެ ސިސްޓަމްއަށް ޑާޓާތައް އެންޓަރ ކުރުމުގެ ފުރުސަތު ލިބޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި މި ސިސްޓަމުން ރާއްޖޭގައި މިހާތަނަށް މަތީ ތަޢުލީމަށް ކިޔަވާފައި ތިބި ދަރިވަރުންގެ ޢަދަދާއި ކިޔަވާފައި ތިބި ދާއިރަތައްވެސް ބަލާލެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

300 × 250

މީގެ އިތުރުން ފިޒާނާ ވިދާޅުވީ ވަގު ސެޓްފިކެޓް ވިއްކުމާއި ޤަވައިދާ ޚިލާފަށް އެޓެސްޓުކުރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

އަހަރުގެ މިހާތަނަށް ވަގު ސެޓްފިކެޓް ވިއްކުމުގެ 3 މައްސަލައައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި