އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްއާ ގުޅޭ މިޝަނެއް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މި މިޝަން ކުރިއަށްދާނީ އަންނަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ދަތުރުގައި އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް ފަރުމާކުރުމަށްޓަކައި، ކުންފުނިތަކުގެ ގަވަރނަންސްއާއި ޒިންމާދާރުކުރުމުގެ ނިޒާމާއި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ ގޮތް މިޝަންގެ ބައިވެރިން ބައްލަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.