1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔޫއެސްއެއިޑް އިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިިފި

371076_57edad29-c_
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
އަޙްމަދު ޝަބީން
465ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމެރިކާގެ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް 4.4 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

ޔޫއެސްއެއިޑްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި 4.4 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށެވެ.

ޔޫއެސްއެއިޑް އިން ބުނީ އޭގެތެރެއިން 3 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ މީޑިއާ ލިޓްރެސީ ޕްރޮގްރާމިން ހަރުދަނާ ކުރުމަށާއި އިންފޮމޭޝަން ރެޒިލިއަންސް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ޕަބްލިކް އަދި މީޑިއާގެ ދާއިރާގައި ދެފުށް ފެންނަ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ.

300 × 250

ބާކީ 1.4 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ޑިމޮކްރެޓިކް ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ސިވިކް އެންގޭޖްމަންޓާއި ލޯކަލް ކައުންސިލުތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކަށާއި އަންހެނުންގެ ތަރައްގީއަށް ކަމަށް ޔޫއެސްއެއިޑް އިން ބުންޏެވެ.

ޔޫއެސްއެއިޑް އިން މި އެހީ ދޭން ނިންމިއިރު، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުންދޭނޭކަމުގެ ޔަގީންކަން ދެއްވައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި