1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކީރިތި ޤުރުއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: އަފްރީން

ip
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު
މަރްޔަމް ޝަފާ ސައީދު
340ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކީރިތި ޤުރުއާންގެ ޢިލްމު ފުޅާކޮށް އެ ދާއިރާއިން ކުރިއަށް ދިޔުމަށް ދަރިވަރުންނަށް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ 1445 ވަނަ އަހަރުގެ ރަމަޟާން މަހު ދަރަޖަ ލާނިންގް ސެންޓަރާއި ރައުޟާ ލިލް ޙައްޖި ވަލް ޢުމްރާ ގުޅިގެން ކުރިއަށްގެންދިޔަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް އަނބިކަނބަލުން ޢާއިޝަތު އަފްރީން ވަނީ މިފަދަ ޤުރުއާން މުބާރާތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ރިވެތިކޮށް ޤުރުއާންކިޔެވުމަށް ހިތްވަރު ލިބި ޤުރުއާން ކިޔެވުމަށް ފުރުޞަތު ލިބޭކަން ފާހަގަކުރައްވާފައެވެ. އަދި ކީރިތީ ޤުރުއާންގެ ޢިލްމް ފުޅާކޮށް ތަރައްޤީކޮށް އެ ދާއިރާއިން ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން އެއްވެސް އަގަކާއި ނުލައި ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ މިންވަރު އިތުރުކޮށް، ޤުރުއާން ހިތުދަސްކުރުމަށް ދަރިވަރުންނަށާއި ބޮޑެތި މީހުންނަށްވެސް ހިތްވަރުދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

300 × 250

"މިއިން ކޮންމެ ފުރުޞަތަކީ ކީރިތި ޤުރުއާންގެ ދާއިރައިން ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ރަނުގެ ފުރުޞަތުތަކެއް. މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ނަޞޭހަތްތެރިވަން" ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވިއެވެ.

ނައިބު ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށްޓަކައި މައިންބަފައިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ޤުރުއާންގެ އިލްމު ފެތުރުމަށް މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

1445 ވަނަ އަހަރުގެ ރަމަޟާންމަހު ދަރަޖަ ލާނިން ސެންޓަރާއި ރައުޟާ ލިލް ޙައްޖި ވަލް ޢުމްރާ ގުޅިގެން ކުރިއަށްގެންދިޔަ ޤުރުއާން މުބާރާތުގައި 102 ދަރިވަރުން ބައިވެރިވިއެވެ. މީގެ ތެރޭގައި އެ ސެންޓަރުގައި ކިޔަވާ ދަރިވަރުންނާއި މުޅި ރާއްޖެއަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ދަރިވަރުން ހިމެނެއެވެ.

މި މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ 11 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާއިން ވާދަކުރި ޝެޒާ ސާޖިދު ސަމީރުއެވެ. އެނާ އަށް އިނާމެއްގެ ގޮތުގައި އުމުރާ ދަތުރެއް ވަނީ ދީފައެވެ. އަދި މި މުބާރާތުން އެހެން ވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީއާއި ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި