އިނގިރޭސިވިލާތުން ދާޚިލީ ވުޒާރާއަށް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް ހަދިޔާކޮށްފިއެވެ.

ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި އިނގިރޭސި ހައިކޮމިޝަނުން އަލީނިއާ އިންޓަނޭޝަނަލްއާ ގުޅިގެން ކްރައިސިސް ކޮމިއުނިކޭޝަން އެންޑް ކްރައިސިސް މެނޭޖްމަންޓް ޓޫލްކިޓެއް އެމިނިސްޓްރީއަށް ވަނީ ފޯރުކޮށްދީފައެވެ.

މިޓޫލްކިޓަކީ ކްރައިސިސްތައް ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމުގެ ގާބިލްކަން މިނިސްޓްރީގެ ކިބައިގައި އިތުރުކޮށް، ސާފު މުއާސަލާތު ކަށަވަރުކޮށްދީ، ކުއްލި ހާލަތްތަކުގައި ރައްދުދިނުމުގެ ސްޓްރެޓެޖީތައް ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ޓޫލްކިޓެކެވެ.

މި ކިޓަކީ ވުޒާރާއިން ބޭއްވި ތަމްރީން ބައްދަލުވުންތަކުގައި ބައިވެރިންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

މިޓޫލްކިޓަކީ އެ ވުޒާރާގެ ދަށުގައިވާ ހުރިހާ މުއައްސަސާތަކަށް ބޭނުންކުރެވޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ ޓޫލްކިޓެއް ކަމަށް ވެސް ދާޚިލީ ވުޒާރާ އިން ވަނީ ބުނެފއެވެ.