1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބާ ކައުންސިލްގެ އެސްޖީއަކަށް އުސްތާޒު ނިޝާތު

IMG_1532
ބާ ކައުންސިލްގެ އެސްޖީއަކަށް އައްޔަން ކުރެވުނު އުސްތާޒު މުހައްމަދު ނިޝާތު/ފޮޓޯ: ބާކައުންސިލް
އަޙްމަދު ޝަބީން
275ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ސެކެރަޓަރީ ޖެނަރަލަކަށަ އުސްތާޒް މުހައްމަދު ނިޝާތު ހަމަޖައްސައިފިއެވެ.

އެ ކައުންސިލަށް އެސްޖީއަކު ހޯދުމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް އިއުލާނުކުރި އެވެ.

ނަމަވެސް، އެ އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ ބާ ކައުންސިލުން އަނެއްކާ ވެސް ވަނީ އެސްޖީއަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

300 × 250

ބާ ކައުންސިލަށް އެސްޖީއަކު ކަނޑައަޅަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރައަށް މަހެއްގެ މައްޗަށް 40،500 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތާ ގުޅުވައި އެހެނިހެން އެލެވެންސާއި ރޯދަ އެލެވެންސާއި ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭނެއެވެ. އުސްތާޒު ނިޝާތު ވަނީ މީގެ ކުރިން ބާކައުންސިލްގެ ޖެނަރަލް ކައުންސިލްގައި 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. ބާކައުންސިލަށް އެސްޖީއަކު އައްޔަން ކުރެއްވި އިރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރެކެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލުްގައިވާ ގޮތުން، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރެކެވެ.

ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބޭނީ، ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ގޮތަށް އެކްސްކޯ އިން ބަންޑާރަނައިބު އުނި ކުރުމުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި