މަރާމާތުކުރުމަށްފަހު، މާލެ ސިޓީގެ އާސަހަރާ މިސްކިތާއި ސަހަރާ އަލުން ހުޅުވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތް އަލުން ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
މި ރަސްމިއްޔާތުގައި މާލޭގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ނަރީޝާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އާސަހަރާ މިސްކިތާއި، އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ބަންދުކުރީ 2023 ވަނަ އަހަރުގެ ޖޫންމަހުގައެވެ.
ދެ ފަންގިފިލާ ހިމެނޭހެން ތަރައްގީކުރި މި މިސްކިތުގެ މަސައްކަތް ނިމުނުއިރު، މިސްކިތަށް ވަނީ 3200 އަކަފޫޓު އިތުރުކޮށްފައެވެ.
އާސަހަރާ މިސްކިތުގެ މަތީ ފަންގިފިލާގައި އަންހެނުން ނަމާދުކުރުމަށް ވަނީ ބައެއް އިތުރުކޮށްފައެވެ. އަދި ޖަނާޒާގައި ބައިވެރިވުމަށް ދާ މީހުން މަޑުކުރާނެ ވެއިޓިންގ އޭރިއާއަކާއި ވީއައިޕީން މަޑުކޮށްލަން ވީއައިޕީ ބައެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.