އަހަރަމެންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން، އަމިއްލަޔަށް ދެކޭގޮތް އަބަދުވެސް އެންމެ ރަނގަޅުގޮތްކަމަށް ދެކިގެން އުޅޭ ފަރާތަކާއި ބައްދަލުވެފައި ވާނެއެވެ.
އަމިއްލަޔަށް ވިސްނާގޮތް އެންމެ ރަނގަޅުކަމަށް ދެކިގެން އުޅޭ މީހުން އަމިއްލަ ވިސްނުން ކުރިޔަށް ނެރެ، އެހެން މީހުންގެ ޚިޔާލުތަކަށް އިޙްތިރާމް ކުޑަވާގޮތަށް، އެހެން މީހުންގެ ވާހަކަތަށް ދަށްކޮށް ހަޖޫ ޖަހައި އުޅެއެވެ. މިފަދަ ފަރާތްތަކަށް ނިސްބަތްކޮށް ދިވެހިބަހުގައި މިސާލުބަހެއްގެ ގޮތުގައި ބޭނުންކުރާ "ރޯނު އެނދުރުން" މިބަސްވެސް ބައެއް ފަރާތްތަކުން ބޭނުން ކުރެއެވެ.
މިފަދަ ފަރާތްތަކަށް "ރޯނު އެނދުރުން" ގެ ނަން މީހުން ބޭނުންކުރި ނަމަވެސް، ތެރަޕިސްޓެއް ކަމުގައިވާ ޑރ. ކެރީލް މެކްބްރައިޑް ބޭނުންކުރަނީ ތަފާތު ނަމެކެވެ. މިފަދަ ފަރާތްތަކަކީ "ފްރެޖައިލް" ނުވަތަ ބަލިކަށި މީހުންގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ. އަމިއްލަޔަށް ދެކޭގޮތް ރަނގަޅުކަމުގައި ދެކިގެން އުޅޭމީހުންނަކީ މެކްބްރައިޑް ސިފަކުރައްވާ ގޮތުގައި އެހެން މީހުންނަށް ވުރެ ބަލިކަށި ބަޔެކެވެ. މިފަދަ ފަރާތްތަށް އެހެން މީހަކު، ނުވަތަ މީހެއްގެ ވިސްނުން ތިމާއަށް ވުރެ ތަނަވަސްވެ ރަނގަޅުކަމަށް ފެނުމުުން، އެކަން ބަލައިގަންނަށް ބޭނުން ނުވެއެވެ. އެމީހަކީ ތިމާޔަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި، އެފަރާތެއްގެ ބަސް ދަށްކޮށް އަގުވައްޓާލައެވެ. އަދި އަމިއްލަ މޮޅުކަން، ނުވަތަ ސްމާޓްކަން އެހެން މީހުންނަށް ދައްކައި އެހެން މީހުން ބަދުނާމު ކުރެއެވެ. މިފަދަ ފަރާތްތަކަކީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުކުޑަ، ތިމާޔަށްވުރެ އެހެން މީހުން ކުރިއަރައި ހިގާދާނެކަމަށް ދެކި، މީހުންނަށް ހިތް ނުބައި ކޮށްގެން އުޅޭ މީހުންނެވެ. މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ހިތްހެޔޮ، މީހުންނާއި ގުޅޭ، މީހުންގެ ޚިޔާލުތަކަށް އިސްކަންދޭ ބައެއްގެ ގޮތުގައި ދެއްކެން މިފަދަ ފަރާތްތަށް ބޭނުންވެއެވެ. އަމިއްލަޔަށް ތަޢުރީފުކުރުމާއި، އަމިއްލަޔަށް މޮޅެތި ވާހަކަ ދައްކައި، އަދި އެހެން މީހުންގެ ތަޢުރީފު ހޯދަން މިފަދަ މީހުން ބޭނުންވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.