އަތަމާ ޕްލާޒާގެ ވެރިޔާ އަދި މަލީޝާ ހައްޖު އެންޑު އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުލް ލަތީފަށް ގުޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަވަގުރާނަ ގޮވާ އަޑު އިވޭ އޯޑިއޯއެއް ލީކުވެއްޖެއެވެ.
އެމްވީ ކްރައިސްސް ގައި ލީކު ކޮށްފައިވާ އޯޑިއޯގައި ޖާބިރު ވަނީ އަތަމާ ޕްލާޒާގެ ވެރިޔާ އަށް ވަރަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރު ދީފައެވެ.
އަތަމާ ޕްލާޒާގެ ވެރިޔާ އަދި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އަބްދުލް ލަތީފްގެ ދަރަނީގެ މައްސަލައެއް ސާބިތުވެ އެ ދަރަނި ދެއްކުމަށް ޓަކައި އެ ގެ ވިއްކާލަން ފުރުސަތު ދިނުމުގެ އަމުރަކަށް އެދުމުން ކޯޓުން އެ އަމުރު ވަނީ ނެރެދީފައެވެ.
ނަމަވެސް ޖާބިރު އެގެކޮޅު ބައްލަވައިގަނެ އޭނާގޭ އާއިލާއާއެކު އެތަނުގައި ދިރިއުޅުއްވާތާ މިހާރު 11 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އަތަމާ ޕްލާޒާގެ ވެރިޔާ އިސްމާއީލް އަބްދުލް ލަތީފްގެ ދަރަންޏެއް ނުދެއްކުމުން ޖާބިރު ބައްލަވައިގެންފައިވާ ގެކޮޅުން އޭނާ ނުނެރެވޭނެ ކަމަށް ވިދާޅުވެ މީގެ ކުރިން ޖާބިރުވަނީ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.