1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެއްވަދޫ ކައުންސިލުން ހަރަދުކޮށްގެން އެރަށު ސްކޫލުގެ ކްލާސްރޫމްތައް އޭސީކޮށްފި

IMG_1555
ދެއްވަދޫ ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރެވިފައި/ފޮޓޯ: ދެއްވަދޫ ކައުންސިލް
ރިފާޢު ރަޝީދު
2,112ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ ދެއްވަދޫ ކައުންސިލްހެ ބަޖެޓުން ހަރަދުކޮށްގެން އެރަށު ސްލްތާން މުހައްމަދު ސްކޫލުގެ ކްލާސްރޫމްތައް އޭސީކޮށްފިއެވެ.

ފުރަތަމަ ޓާމްގެ ކިޔެވުން ނިމި ސްކޫލް ހުޅުވެން ވާއިރަށް ކައުންސިލުގެ ވިސްނުމަކަށްވީ އޭސީ ނުކޮށްހުރި ކްލާސް ރޫމްތައް އޭސީ ކުރިން ކަމުގައި ކައުންސިލުން މައުލޫމާތުދީފައި ވެއެވެ.

IMG_1556

300 × 250

ސްކޫލު ތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމަކީ މިނިސްޓްރީގެ މެންޑޭޓު ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންނަމަބެސް ބަޖެޓުގެ ދަތިކަމާއި ހެދި މުޅި ރާއްޖޭގައި އެއްފަހަރާ އެކަން ކުރެވޭ ގޮތްވަނީ ނުވެފައެވެ.

IMG_1557

މިކަމާއި ގުޅިގެން ދެއްވަދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލް ހުރިހާވެސް ވިސްނުމަކަށް ވަނީ ރަށުގެ ކުރިއެރުމާއި، ތަރައްގީ ކަމަށެވެ. އަދި ސްކޫލަށް ގެންނަން ބޭނުންވާ ކުރިއެރުމުގައި ކައުންސިލްގެ ދައުރު އަބަދުވެސް އޮންނާނެ ކަމުގައެވެ.

“ ކައުންސިލްގެ ވިސްނުމަކީ ރަށުގެ ކުރިއެރުމާއި ތަރައްގީ. ސްކޫލަށް ގެންނަން ބޭނުންވާކުރިއެރުމުގައި ކައުންސިލްގެ ދައުރު އަބަދުވެސް އޮންނާނެ

ދެއްވަދޫ ސްކޫލުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ އިތުރުން އެރަށު ސްކޫލުގައި ކުދިން ކުޅެން ބޭނުން ކުރުމަށް މިނީ ފުޓްސަލް ޕިޗެއް ވެސް ވަނީ ކައުންސިލުން ގާއިމްކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި