1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނޮވެލްޓީ ބުކްފެއާ 5 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފަށަނީ

Screenshot_20241006_133530_Chrome
ނޮވެލްޓީ ބުކްފެއާ.......
މަރްޔަމް ޝަފާ ސައީދު
423ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނޮވެލްޓީ ބުކްފެއާ ފަސްް އަހަރަށްފަހު އަނެއްކާވެސް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ގިނަ ފޮތް ވިއްކާ އަދި އެންމެ ދުވަސްވީ ނޮވެލްޓީ ބުކްޝޮޕްގެ މަޝްހޫރު ބުކްފެއާ، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ފެށުމަށް ތައްޔާރުވެއްޖެއެވެ. ކޮވިޑް-19 ގެ ސަބަބުން 2019 ވަނަ އަހަރު ހުއްޓާލެވުނު މި ފެއާ، އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއާގައި ޖުމްލަ 25,000 ތަފާތު ޓައިޓަލްތަކުގެ 185،000 އަށް ވުރެ ގިނަ ފޮތް ލިބެން ހުންނާނެކަމަށް ނޮވެލްޓީ ބުކްޝޮޕުން މަޢުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ނޮވެލްޓީގެ އަމިއްލަ 1،000 އަށް ވުރެ ގިނަ ދިވެހި ފޮތްތައް ވެސް ހިމެނެއެވެ.

300 × 250

ފެއާގައި ވާހަކަ ފޮތާއި، އާންމު މަޢުލޫމާތު ފޮތްތަކާއި، އިލްމީ އަދި ދީނީ ފޮތްތަކުގެ އިތުރުން ނޯޓު ފޮތ ފޮތާއި ޑައިރީ ފަދަ ތަކެތި ވެސް ލިބެން ހުންނާނެއެވެ. އަދި ގަލަމާއި ފަންސުރު ފަދަ ސްޓޭޝަނަރީ ތަކެއްޗާއި، ކްރާފްޓް މެޓީރިއަލްސް ވެސް 10 އާއި 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް އަގުތަކެއްގައި ލިބެން ހުންނާނެއެވެ.

ފެއާގެ ޚާއްޞަ ކަމެއްގެ ގޮތުގައި، 100 ރުފިޔާގެ ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއޭނެއެވެ. މި ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މި ފެއާ ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު މެންދުރުފަހު 2 އިން ރޭގ ރޭގަނޑު 12 އާ ހަމައަށެވެ. ހުކުރު ދުވަހު ފެއާ ފެށޭނީ 2:30 ގައެވެ. ފޮތްތަކަށް ޚާއްޞަކޮށްފައިވާ ބައި ހުންނާނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އަދި ސްޓޭޝަނަރީއާއި އިތުރު ޕްރޮޑަކްޓުތައް ހުންނާނީ ބިއްލޫރި މާލަމުގައެވެ.

ފޮތް ކިޔުމަށް ލޯބިކުރާ އަދި ޝައުޤުވެރިވާ ފަރާތްތަކަށް މި ފެއާއަކީ ބޮޑު އީދެއްކަމުގައި ބެލެވެއެވެ. ދަރުބާރުގޭގެ ޖާގައިގެ ދަތިކަމާ ހެދި ހުރިހާ ފޮތެއް އެއްފަހަރާ ޑިސްޕްލޭ ނުކުރެވޭނެތީ، ކޮންމެ ދުވަހަކު ވެސް ތަފާތު ފޮތްތަކެއް ބެހެއްޓޭނެކަމަށް ނޮވެލްޓީން ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި