1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން ބައެއް ޚިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ: ރައީސް

މަރްޔަމް ޝަފާ ސައީދު
895ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭ ގޮތަށް ކަންކަން އިންތިޒާމުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޭނުން ކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޯޓު ތަރައްޤީ ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު އެހެން މަރުހަލާއަކަށް ގެންދިއުމަށް އޮތް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާވާލާ އެއްގޮތަށް މި މަސައްކަތް ކުރިއަށްދާ ކަމަށާއި، ބަނދަރު ބަދަލުކުރުމުގެ ތެރެއިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު މުދާ ބަރުކުރުމާއި ބޭލުމުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ބަނދަރު ބަދަލުކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، މުޅި އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލު ނުކުރާނެ ކަމަށެވެ. "ތިލަފުއްޓަށް މި ބަދަލުވަނީ މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނެ،" ރައީސް ވިދާޅުވިއެވެ. ބާކީ ހުރި މަސައްކަތްތައް ކުރިއަށްދާނީ ތިލަމާލެ ބްރިޖު ގުޅޭ ސަރަހައްދުގައި އޮންނަ އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަހައްދުގައެވެ.

300 × 250

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން މިހާރު ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށި ނަމަވެސް، ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީގެ ޚިދުމަތް މެދުވެރިކޮށް ޕޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށީގައި އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް ލުއިތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައު ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިޖިޓަލައިޒް ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. "ބެކްބޯން އެއްކޮށް ޑިޖިޓަލައިޒް އޮޓޮމޭޝަން ވަރަށް ބޮޑަށް ގެންގުޅޭނެ. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ އެފިޝެންސީ އެޗީވް ވާނެ،" ރައީސް ވިދާޅުވިއެވެ. މިފަދަ ޒަމާނީ ބަނދަރެއް ޤާއިމްވުމުން ތަކެތީގެ އަގު ކުޑަވެ، ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.

ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ބިމެއްގައި ހަދާ ތަނެކެވެ. މި މަޝްރޫޢުގެ މަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ދަނީ ކުރިއަށެވެ. އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި ތިލަފުށީގެ މަގަތުފާލަން މިހާރުގެ ފާލަމަށްވުރެ 3 ގުނަ ދިގުވާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި