އިނގިރޭސިވިލާތާއި ދިވެހިރާއްޖެ އާއި ގުޅިގެން ޓިވެޓް ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާކޮއްފިއެވެ.

އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އާއެކު ޓިވެޓް ޕްރޮގްރާމްތަށް ކުރިއަރުވައި، ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ މިއަދު މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

އެ ބައްދަލުވުމުގައި ޓިވެޓް ޕްރޮގްރާމްތަށް ކުރިއަރުވައި، ހިންގުމަށް އަމާޒުކޮށް ދިރާސާކުރުމާއި، މި ޕްރޮގްރާމްތަށް މެދުވެރިކޮށް ޒުވާނުންގެ ހުނަރުވެރިން އިތުރުކުރުމަށް ދެ ޤައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

އެ ބައްދަލުވުމުގައި، އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ ފަރާތުން، ހައި ކޮމިޝަނަރ، މރ. މުޙައްމަދު ތައުފީގް ބައިވެރިވެވަޑައިގންނަވާފައިވާއިރު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން، އެ ވުޒާރާގެ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.