ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލައިގައި ބަންދުކޮށްފައިވަނީ މއ. މަސްފަން، މުނީޒް (37 އަހަރު) އެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައި ބުނެފައިވާ ގޮތުގައި، މުނީޒް ހައްޔަރުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ހުރި މީހަކަށެވެ. ހަމަލާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މުނީޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މުނީޒްއާ ދެކޮޅަށް ކުށުގެ ތުހުމަތު ކުރެވޭވަރަށް ހެކި ހުށަހަޅާފައިވެއެވެ.

އިތުރު މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މުނީޒަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.