1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ދަނީ ކުރިއަށް!

ބޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ
މަރިޔަމް އަފީފާ
157ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހއ. ހޯރަފުށީގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމަ އެކު ކުރިއަށްދާކަން ހާމަކުރައްވައިފިއެވެ.

މަޝްރޫއުއާ ހަވާލުވެ ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވާފައިވާ ގޮތުގައި، ސަރަހައްދުގައި މިހާރު ކުރިއަށްދަނީ، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތާއި، ކާބް ސްޓޯންގެ މަސައްކަތެވެ.

30.46 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމާއި، މަގުގެ ދުވާރުގެ މަސައްކަތާއި، ގްރީން އޭރިއާގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ކޭބަލް ޖަންކްޝަން އަދި ސާރވިސް ލައިން ވަޅުލުމާއި، މަގުބައްތި ހަރުކުރުމާއި އަދި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ.

300 × 250

ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ހޯރަފަށީގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެ މަސައްކަތުގެ ކުރިން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ، ވާރޭ ވެހިއްޖެނަމަ ފެން ހިންދަން ގިނަ ދުވަސް ހޭދަވުމެވެ. މީގެ އިތުރުން، މަގުތައް އަޑިގުޑަންކޮށް ހުރުމުގެ ސަބަބުން، ވަރަށް ބޮޑު އުނދަގޫތަކަކާއި އެ ރަށުގެ ރައްޔިތުން ކުރިމަތިލިއެވެ.

މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިކަމަށް ބޮޑު ހައްލެއް ލިބުނު ނަމަވެސް، މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނީ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ނިމުމުންކަން އެމްޓީސީސީއިން ހާމަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި