1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބަންދު މީހަކު ފުލުހެއްގެ ނިއްކުރި ފަޅާލި މައްސަލަަ: 1 އަހަރުގެ ޖަލު ހުކުމެއް ކޮށްފި

kk
ކްރިމިނަލް ކޯޓު.....މާާލެސިޓީ.....ފޮޓޯ؛÷ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
297ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދޫނިދޫ ޖަލުގައި ބަންދުގައި ހުރި މީހަކު ފުލުސް އޮފިސަރެއްގެ ނިއްކުރި ފަޅާލި މައްސަލާގައި 1 އަހަރަށް ޖަލަށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމްކޮށްފައިވަނީ ފުވައްމުލަކު ސިޓީ، ކެލާގެ، އަހުމަދު ސޯލިހުގެ މައްޗަށެވެ. މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުގެ މެންދުރުފަހު 2:40 ހާއިރު، ޕޮލިސް ސާޖަންޓް އަލީ އާދަމް މަސައްކަތު މީހަކާއެކު ސޯލިހު ހުރި ގޮޅި ސާފުކުރުމަށް ދިޔަ ވަގުތުއެވެ.

ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސޯލިހު ގޮޅިން ނިކުމެ އެހެން ގޮޅިތަކުގެ ކުރިމައްޗަށް ގޮސް އަޑުގަދަކޮށް، ހަޑިހުތުރު ބަހުން މުއާމަލާތުކުރިއެވެ. އޭނާ ގޮޅިއަށް ވެއްދަން މަސައްކަތްކުރުމުން އިންކާރުކޮށް، ޖަލުގެ އިދާރީ ކަންކަން ބަލަހައްޓާ ތަނާ ދިމާއަށް ދިޔައެވެ. މިކަން ހުއްޓުވަން އުޅުނު އަލީ އާދަމްގެ ގައިގައި އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގިއެވެ.

300 × 250

އަލީ އާދަމް ބިންމައްޗަށް ވެއްޓުމުން، އޭނާ ގެންގުޅުނު ޓޯކީ ނަގައި، އަލީ އާދަމްގެ ބޮލުގައާއި ނިތްކުރި މަތީގައި ޖެހުމުން އޭނާގެ ނިތްކުރި ފަޅައިގެން ގޮސްފައިވެއެވެ. މި މައްސަލާގައި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސޯލިހުގެ މައްޗަށް ދައުލަތުން އުފުލިއެވެ.

ދައުވާ ސާބިތުކުރުމަށް ދައުލަތުން 8 ހެކި ހުށަހެޅި ނަމަވެސް، ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އަނިޔާއެއް ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށާއި، ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށަށް 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަހުމަދު ސޯލިހުގެ މައްޗަށް ކްރިމިނަލް ކޯޓުން މުޅިއެކު ކޮށްފައި ވަނީ 1 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި