ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، ބ. ކަމަދޫގެ އާމިނަތު ޒާރާއާ މިއަދު ހަވީރު ކައިވެނި ބައްލަވައިގެންފިއެވެ. މި ކައިވެނި ބައްލަވައިގަތީ ސިޔާމްގެ އަމިއްލަ ރިސޯޓު ކަމުގައިވާ އޮޅުވެލި ރިސޯޓުގައެވެ. މިކައިވެނީގެ ރަނަކަށް ޒާރާ ދެ ގެސްޓުހައުސްއަކަށް ރަންކީ ވާހަކައަކީ ކަނޑައެޅިގެން ބޮޑުދޮގެއް ކަމަށް ހުވަދޫނޫހަށް ވަނީ ޔަގީންވެފައެވެ.
ތަފާތު އެކި ގޮތްގޮތަށް ޒާރާ މިކައިވެންޏަށް އެކިކަހަލަ ފައިދާ ނެގި ކަމަށް ސޯޝަލްމީޑިޔާގެ އެކި މަންސަތަކުގައާއި އަދި ބައެއް މީޑިޔާތަކުންވެސް ހަބަރު ފަތުރާފައިވާއިރު މިއިން އެއްވެސް ވާހަކައަކަށް އެއްވެސް ރައްދެއް މިއަދާ ހަަމައަކަށްވެސް ޒާރާ ދީފައިނުވެއެވެ. އަދި އެއް ގެސްޓުހައުސްއަކީ ޒާރާގެ ދައްތައަށް ދިން ގެސްޓުހައުސްއެކޭ ބުނެ އެކި ވާހަކަ ފަތުރާފައިވާ އިރު މިއީ ދޮގެއްކަމަށް ވުމާއެކުވެސް އެއާއިލާއިން އެއްވެސް ފަރާތަކުން މިކަމަކަށް ދެކޮޅަށްވެސް އެއްކޮޅަށް ވެސް އެއްވެސް ރައްދެއް ދީފައި ނުވާކަން ފާހަގަ ކޮށްލަމެވެ. އަދި ބައެއްގެ އަބުރު އެހާ ވަރަށް ކަތިލަމުންދާއިރު އެއްވެސް ރައްދެއް ނުދިނުމާއެކުވެސް ބައެއްގެ އަބުރު ކަތިލައި ހައްގު ހަލާލު ކައިވެންޏަކަށް ބަސްބުނެ ވާހަކަ ފަތުރަމުންދާ ފަރާތްތަކުގެ ބޭއަދަބީ އަމަލުތަކަށް ހުއްޓުމެއް ނާންނަކަން ހިތާމައާއެކު ފާހަަގަކޮށްލަމެވެ.
އާމިނަތު ޒާރާއަކީ މިދިޔަ ބޮޑު އީދުގެ ތެރޭގައި ބ. ކަމަދޫގައި ބޭއްވުނު ޝޯވ ތަކުން މަގުބޫލުކަން ހޯދި ނެށުންތެރިއެކެވެ. ކައިވެނީގެ ހަފްލާގައި ޒާރާގެ އާއިލާގެ މެމްބަރުން ބައިވެރިވިއެވެ. މީގެ އިތުރުން، ސިޔާމް ރިސޯޓުގައި ގެންގުޅުއްވާ ތިން އަސް ވެސް ވަނީ މި މުނާސަބަތާ ގުޅިގެން ކަމަދޫއަށް ގެންގޮސްފައެވެ.
ރަންކިޔަމުގެ ހަފްލާގައި ޒާރާ އަމިއްލައަށް ލިޔެ އުފެއްދި ލަވައެއް ސިޔާމަށް ހާއްސަކޮށް ކިޔައިދިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މި ކައިވެންޏާ ގުޅިގެން ސިޔާމްގެ އެހީގައި ކަމަދޫގެ ހުރިހާ ރައްޔިތުންނަށް އުސޫލެއްގެ ދަށުން ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ޒާރާއަކީ މިދިޔަ ބޮޑު އީދުގެ ތެރޭގައި ބ. ކަމަދޫގައި ބޭއްވި ކުޅިވަރުތަކުން ގިނަ ބަޔަކަށް ފާހަގަވެ، އޭނާގެ ހުނަރުން މަގުބޫލުކަން ހޯދި ޒުވާނެކެވެ. އަދި ކައިވެންޏަށް ފަހު ޒާރާ ނެށުމާއި އީދު ހަރަކާތްތައް އަދި ކެރިއޯކޭ ފަދަ ހުރިހާ ކަމަކުން ދުރަށް ދާނެކަން ޔަގީނެވެ. ދެން ކުރިއަށް އޮތް މުސްތަގުބަލުގައި ސަންސިޔާމްގެ ފަހަތުގައި ހުރެގެން ސިޔާސީ މައިދާނުގައި ފައިތިލަ ބީއްސާލުމަކީ ފަހަަރެއްގައި ވެދާނެ ކަމެއްކަން ނޭނގެއެވެ







ޚިޔާލު (2)
ޒާރާގެ މުޅި އާއިލާ ޔަށް ހަސަދަލާފަ އޮތީ!! ކައުންސިލް ގެ އެއް އާއިލާ އަކައް ނިސްބަތްވާ 1 މެންބރ އަކައް ރިސްވަތު ލާރި ވެސް ސަރުކާރު މަޖްލިސް މެންބަރަކު ދިން ކަމައް ވާނީ މޑޕ ކައުންސިލް ރާއީސް ޒަރީރު ގެ ބާރު ކަނޑުވާލަން!! އަދި ރަށުން ބޭރު ކައުންސިލް ވާރކްސޮޕް ތަކުގަ ޒަރީރު އަށް ކަންކަން ނުކުރެވޭކަން ދައްކަން މި ކައުންސިލް މެންބަރުން އުޅޭކަން ފަހަގަ ކޮށްލަން!އަދި ކަންކަން އޮޅުވާލާ ޒަރީރު އަށް ނޭނގި ނިވަލުގެ ދެން އޮންނަ ކައުންސިލް އިންތިހާބަކައް ރައިސް ގެ މަގާމުގެ ދަހިވެތި ކަމުގަ!! މިހާރުވެސް ޒަރީރު އަށް މާ އިހުސާން ތެރިކަމަށް ހެދިގެން ކާރީގަ ހުއްޓެކަމަކު ދެން އޮތް މަޖލިސް އިންތިހާބު ނުވަތަ ކައުންސިލް އިނތިހާބުގަ ޒަރީރުގެ ނަން ހާރަބު ކޮށްގެން ވާދަ ކުރުމަށް!!! ހިންޓް: އެކަކަށް އެންމެ ގިނަ ވޯޓް ލިބުން މީހާ މިދިޔަ ކައުނސިލް އިންތިހާބުގަ
ދެން ކޮބާތަ އަސްލު ރަނަކީ. މުޅި ޚަބަރު ކިޔާ ނިމުނު އިރު ވެސް ނޭނގޭ ޔަޤީން ވެގެން ދެން މި ހަބަރު ލިޔުމުގެ މަގުސަދު ވެސް ނޭނގޭ