1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަޒީރު ޠާރިގް، ފޮނަދޫގެ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފި

da
ވަޒީރު ޠާރިގް، ފޮނަދޫގެ ގްރީން ހައުސްއަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން.......ފޮޓޯ: ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
މަރްޔަމް ޝަފާ ސައީދު
294ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޠާރިޤް އިބްރާހީމް، މިއަދު ލ. ފޮނަދޫގައި ހުންނަ ގްރީން ހައުސްއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ގްރީން ހައުސްއަކީ ލ. އަތޮޅު ދަނޑުވެރިންގެ ޖަމްޢިއްޔާއިން ހިންގަމުންދާ ތަނެކެވެ.

މިނިސްޓަރުގެ މި ޒިޔާރަތުގައި، އެންދެރި ކުދި ހިލޭ އެހީގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަށުން ޤާއިމްކުރެވުނު މި ގްރީން ހައުސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ. އަދި މި ގްރީން ހައުސްގެ ސަބަބުން އެ ސަރަޙައްދުގެ ދަނޑުވެރިކަމަށް ލިބޭނެ ކުރިއެރުމާ ބެހޭގޮތުން މިނިސްޓަރާއި ދަނޑުވެރިން މަޝްވަރާކުރެއްވިއެވެ.

"މި ގްރީން ހައުސްގެ ސަބަބުން މުޅި އަތޮޅުގެ ދަނޑުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. އަދި މިއީ ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ދަނޑުވެރިކަން ކުރުމުގެ ރަނގަޅު މިސާލެއް،" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

300 × 250

މި ޒިޔާރަތަކީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ދަނޑުވެރިކަން ކުރުމަށް ބާރުއަޅުއްވާކަމުގެ ނިޝާނެކެވެ. މިފަދަ ގްރީން ހައުސްތަކުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެ، އިމްޕޯޓަށް ބަރޯސާވާ މިންވަރު ދަށްވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ލ. އަތޮޅު ދަނޑުވެރިންގެ ޖަމްޢިއްޔާގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، "މިނިސްޓަރުގެ މި ޒިޔާރަތަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް. މި ގްރީން ހައުސްގެ ސަބަބުން އަޅުގަނޑުމެންނަށް އަހަރު ދުވަހު ތެރޭގައި ގިނަ ބާވަތްތަކެއްގެ ތަރުކާރީ އުފެއްދޭނެ."

މި ގްރީން ހައުސްގެ މަސައްކަތް ނިމި، ފުރިހަމައަށް ހިންގަން ފެށުމުން، ލ. އަތޮޅުގެ ދަނޑުވެރިކަމަށް އައު ހަރުފަތަކަށް އަރައި، ރަރަށުގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި