ހުޅުމާލެ ސަރަހައްދު ހިތްފަސޭހަ އަދި ފެހި ތަނަކަށް ހެދުމުގެ މަޤްޞަދުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި މާގަސް އިންދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޓީމުން މިއަދު ފަށައިފިއެވެ.
އެޗްޑީސީ އިން ބުނީ، މި މަސައްކަތަކީ ހުޅުމާލެ ސިޓީ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ނިރޮޅުމަގުގެ ދެފަރާތުގައި އެކި ބާވަތުގެ މާގަސްތައް އިންދުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކުގެ ތެރޭގައި ޖަޕާން ރޯޒް، ބެޑްރޯޒް، އަސުރުމާ އަދި ކަނީރުމަލާއި ހުވަނދުމާ ފަދަ ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ މާގަސްތައް ހިމެނެއެވެ. މީގެ އިތުރުން، މޫސުމަށް ކެތްކުރާ އަދި މަދު ފެނުން ދިރިހުންނަ ބައެއް ބޭރުގެ މާގަސްތައްވެސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.