1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޓެކްސްތަކަށް ބޮޑު ބަދަލެއް ގެންނަނީ، %40 ޓުއަރިޒަމްގެ ދާއިރާއިން

Capture
ގެމަނަފުށި ދާއިރާގެ މެމްބަރ އައްސަދުﷲ ޝިހާބު-ފޮޓޯ/ ރައްޔިތުންގެ މަޖިލިސް
އައިޝަތު ސަނާ
414ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވަނީ ގެމަނަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަސަދުﷲ ޝިހާބެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެންނަ ބަދަލާ އެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ކަނޑައަޅާފައިވާ އަގަކަށް ބަދަލެއް ނުގެންނާނެ އެވެ. އެހެންވެ، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން މިހާރު ވެސް ނަގާނީ ކޮންމެ ފަސިންޖަރަކަށް ޑިޕާޗާ ޓެކްސް އަށް 12 ޑޮލަރާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރެވެ.

300 × 250

ނަމަވެސް އެ ދެ ފީގެ ގޮތުގައި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ގާނޫނަށް ގެންނަ އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްވުމުން ދެން ނަގަން ފަށާނީ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރެވެ. އެއީ 65 ޕަސެންޓު އިތުރުވުމެކެވެ.

ގާނޫނަށް ގެންނަ އިސްލާހު މަޖިލިހުން ފާސްވެއްޖެ ނަމަ، ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ 120 ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ އިތުރުވުމެކެވެ. އިސްލާހު ފާސްވެއްޖެ ނަމަ، ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން ނަގާނީ 240 ޑޮލަރެވެ. އެއީ 165 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރާއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރު ކުރަން ވެސް މި ފަހުން ވަނީ ލާޒިމުކޮށްފައެވެ. އެއާ އެކު ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި