އިޓަލީގައި ދިވެއްސަކު އަނިޔާވެރިގޮތަކަށް މަރާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައިވަނީ އުމުރުން 44 އަހަރުގެ ހދ. ނޮޅިވަރަންފަރު، ވައިމަތީގޭ މަހްމޫދު އިމާދެވެ. އޭނާއަކީ އިޓަލީ މީހަކާއި އިނދެގެން އުޅޭ މީހެކެވެ. އެހެން ނަމަވެސް އޭނާގެ އަންހެނުން މިވަގުތު ހުރީ ރާއްޖޭގައި ކަމަށް އޮންލައިން ނޫސް "ސަން" އާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނެފައިވެއެވެ. މީގެ ކުރިން ސަފާރީއެއްގައި މަސައްކަތް ކުރި މަހްމޫދު މަރާލާފައި އޮއްވާ ފެނިފައިވަނީ އިޓަލީގައި އޭނާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައެވެ. އޭނާގެ އަތުގެ އިނގިލިތައް ބުރި ކޮށްފައި ހުރި އިރު އޭނާ އޮތީ ދަންޖައްސާފައި ކަމަށް މަހްމޫދު ގެ އާއިލާއިން މީޑިއާ އަށް މައުލޫމާތު ދެއެވެ.

އަދި އޭނާ މަރާލި ސަބަބު އާއިލާއަށް އެނގިފައި ނުވާ ކަމަށް ވެސް އާއިލާގެ ފަރާތުން ބުނެއެވެ.