ޖަރުމަނުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު މަރުވި ދިވެއްސަކަށް އޭނާގެ އަނބިމީހާ މަރާލިކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށް ޖަރުމަނުގެ ފުލުހުން ބުނެފިއެވެ. މަރުވި ދިވެއްސަކީ ނ. މަނަދޫ، އާދަމް ނަސީރު (44 އަހަރު) އެވެ.
ޖަރުމަނުގެ ސަރަހައްދެއް ކަމަށްވާ ޖަހުނަތަލްގައި ހުންނަ ގެއެއްގައި ދިރިއުޅެމުން އައި އާދަމް ނަސީރާއި އޭނާގެ އަނބިމީހާ (44 އަހަރު) ގެ މެދުގައި ބޮޑު ޒުވާބެއް ހިނގުމަށްފަހު، އާދަމް ނަސީރު އޭނާގެ އަނބިމީހާއަށް އަނިޔާކޮށް މަރާލިކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އޭގެފަހުން އާދަމް ނަސީރު އަމިއްލަ ނަފުސަށް ވެސް އަނިޔާކޮށް، އެ އަނިޔާތަކުގެ ސަބަބުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަނބިމީހާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ އެ ދެމަފިރިން ދިރިއުޅޭ ގެއަށް ދިޔަ އަންހެން މީހާގެ އާއިލާގެ ބަޔަކަށެވެ. އަދި އެ އަންހެން މީހާގެ ކައިރީގައި އާދަމް ނަސީރު ވެސް ވަރަށް ބޮޑަށް އަނިޔާވެފައި އޮތް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.