1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގޭގޭގައި ކައްކަން ބޭނުންކުރާ ގޭހުގެ ޝޯޓޭޖެއް ނެތް، ނުލިބިގެން އުޅޭ 45 ކިލޯގެ ފުޅި މާދަމާ ލިބޭނެ: މޯލްޑިވްސް ގޭސް

b99sz7wc-slide_image
މޯލްޑިވްސް ގޭސް........ ފޮޓޯ: ހުވަދޫ މީޑިއާ
މަރްޔަމް ޝަފާ ސައީދު
849ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގޭގޭގައި ކައްކަން ބޭނުންކުރާ ގޭހުގެ ބޮޑު ޝޯޓޭޖެއް ނެތް ކަމަށާއި ބޯޓުގެ ޑިލޭއަކާ ގުޅިގެން ނުލިބިގެން އުޅެނީ 45 ކިލޯގެ ފުޅި އެކަނި ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ގޭގޭގައި އާންމުކޮށް ބޭނުންކުރާ ދެ ކިލޯ، ފަސް ކިލޯ އަދި 10 ކިލޯގެ ފުޅިތައް މިހާރުވެސް އާންމުންނަށް ލިބެމުންދެއެވެ. ނަމަވެސް، އިއްޔެ އާއި މިއަދު 45 ކިލޯގެ ފުޅި ޑެލިވަރީ ކޮށްނުދެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއަދު ބޯޓު ވަދެ، މާދަމާ އިން ފެށިގެން 45 ކިލޯގެ ފުޅި ވެސް ބަރާބަރަށް ދޫކުރަމުން ދާނެ. މާނައަކީ ކުރިމަތިވެފައިވާ މައްސަލަ މާދަމާ ހައްލު ވާނެ," އަބްދުﷲ ވިދާޅުވެފައިވެއެވެ.

300 × 250

މި މައްސަލަ ދިމާވެފައިވަނީ ފައިސާގެ ދަތިކަމެއް ނުވަތަ ޑޮލަރު ލިބުމުގެ އުނދަގޫތަކެއް ހުރެގެންރެގެން ނޫން ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ބޯޓުގެ ޑިލޭވުމެއްގެ ސަބަބުން ދިމާވި ކަމެކެވެ.

މޯލްޑިވް ގޭހަކީ އީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ ކުންފުންޏެއް ކަމަށާއި، ކުންފުނީގެ މާލީ ހާލަތު ވަރަށް ރަނގަޅު ކަމަށް އަބްދުﷲ ފާހަގަކުރެއްވިއެވެ. އަދި މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކުންފުނިން 30 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޭސް ސަޕްލައި ކުރުމުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށާއި، މާދަމާއިން ފެށިގެން ކާގޯ ލިބި، ކުރިއެކޭ އެއްގޮތަށް ގޭސް ދޫކުރަން ފަށާނެ ކަމަށް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް މައުލޫމާތު ތަކަކީ ދޮގު މައުލޫމާތު ކަމަށް އަބްދުﷲ ވިދާޅުވިއެވެ. ހާއްސަކޮށް ޑޮލަރުގެ ދަތިކަން ހުރެގެން މި މައްސަލަ ދިމާވެފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި