12,000 ރުފިޔާއަށްވުރެ މަދުން މުސާރަ ލިބޭ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ނިންމައިފި އެވެ،
ރައީސް ޑރ މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ހާމަ ކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ބަޖެޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި 12,000 ރުފިޔާއަށްވުރެ މަދުން މުސާރަ ލިބޭ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން އެޅޭ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މުސާރަތަކުގެ ޚަރަދު ކުޑަކުރުމަށް އަޅާނެ ހަތަރު ފިޔަވަޅެއް އިޢުލާން ކުރައްވާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހުދު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އަމިއްލަ މުސާރައިގެ 50 އިން ސައްތަ ނުނަގާ ގޮތަށް 2025 ގެ ބަޖެޓުގައި ހިމެނުމަށް އަންގަވާފައެވެ. އަދި މިބަދަލުވެސް ދެ އަހަރުވަންދެން ދެމިގެންދާނެކަން ފާހަގަކުރެވެއެވެ.
މި ބަދަލުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި އަމިއްލަ ކުންފުނިތަކާއި ޝަރުއީ ދާއިރާތަކުގެ އިސްވެރިންގެ މުސާރައަށްވެސް ބަދަލުތައް ގެނައުމަށް ހުށަހަޅަން އަންގަވާފައިވާއިރު 12,000 ރުފިޔާއަށްވުރެ މަދުން މުސާރަ ލިބޭ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށްވެސް އެޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.
މި ފިޔަވަޅުތަކަކީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށާއި، އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް ޑރ މުއިއްޒު ވަނީ އެކްސް ޕޯސްޓުގައި ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.