1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިލެންޑް އޭވިއޭޝަން ސާވިސް ޑީއެމްޑީ ޖެނިފާ، މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައިފި

GIPyBYQ0DwBiNlnplI13P85DfuXziokoO7OESHLE
އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ،
މަރްޔަމް ޝަފާ ސައީދު
351ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ، މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

މި މައްސަލައިގައި ޓްރައިބިއުނަލުން ވަނީ ޖެނިފާއާ އެއްކޮޅަށް މައްސަލަ ނިންމައި، އޭނާއަށް ވަޒީފާއާއި މާލީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އައިއޭއެސްއަށް އަންގާފައެވެ.

ޖެނިފާ އައިއޭއެސްގެ ޑީއެމްޑީގެ މަގާމަށް އައްޔަން ކުރެވުނީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ޑިސެންބަރު 28 ވަނަ ދުވަހު ބޭއްވުނު ކުންފުނީގެ ބޯޑު ބައްދަލުވުމަކުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމިއެވެ. މި ނިންމުމާ ގުޅިގެން، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ޖެނިފާ ވަޒީފާއިން ވަކިކުރެވުނެވެ.

300 × 250

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނީ މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހަޅަމުން ޖެނިފާ އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ނިންމައިދިނުމަށެވެ. އޭނާ ވަޒީފާއިން ވަކިކުރަން އައިއޭއެސްގެ ބޯޑުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައި ވަނީ ޖެނިފާގެ އެދުމާ އެއްގޮތަށެވެ.

މިގޮތުން، އޭނާ ވަޒީފާއިން ވަކިކުރުމުގައި އަދުލުވެރިކަން ގާއިމްކޮށްފައި ނުވާކަމަށް ކަނޑައަޅައި، އޭނާއަށް ވަޒީފާ އަނބުރާ ދިނުމަށާއި މާލީގޮތުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އައިއޭއެސްއަށް އަންގާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި