1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސްޓެލްކޯގެ ސްލޯގަންއަކީ 'ތަރައްގީގެ ބައިވެރިޔާ' ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭ  

Stelco
ސްޓެލްކޯގެ ސްލޯގަން އިފްތިތާޙުކޮށްދެއްވުން/ފޮޓޯ: ސްޓެލްކޯ
އައިޝަތު އަންޖަަލް
381ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރާނެ ސްލޯގަންއަކީ "ތަރައްޤީގެ ބައިވެރިޔާ" ކަމަށް ނިންމައި، އެކަން އެކަން އެ ކުންފުނިން އިޢުލާނުކޮށްފިއެވެ.

ސްޓެލްކޯގެ ސްލޯގަން އިފްތިތާޙުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ސްޓެލްކޯގެ ޚިދުމަތަށް މި އަހަރުގެ ޑިސެންބަރު މަހު 75 އަހަރު ފުރޭއިރު، ސްޓެލްކޯއިން ސްލޯގަންއެއް ބޭނުންކުރަން ފަށާފައިމިވަނީ އަލަށެވެ.

300 × 250

މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ޙިއްސާ އަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަދި ހަމަ މިއާއިއެކު 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށް ވަނީ ބުނެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި