1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

އެސްޓީއޯ ބަލިކޮށް ވިލިނގިލި ކައުންސިލް ޗެމްޕިިއަންކަން ހޯދައިފި

5DE1730B-DEEE-4D86-90A8-8F7B0B8386D4
ގއ ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުން ކުރިއަށް ގެންދިޔަ  އޮފީސް ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ވިލިނގިލީ ކައުންސިލް ޓީމް-- ފޮޓޯ: އޭއޯ ނިއުސް
މުހައްމަދު އަޚްތަރު
540ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުން ކުރިއަށް ގެންދިޔަ  އޮފީސް ބަށި މުބާރާތުގައި  އެސްޓީއޯ ބަލިކޮށް ވިލިނގިލި ކައުންސިލް ޗެމްޕިިއަންކަން ހޯދައިފިއެވެ.

އިއްޔެ ހަވީރު ގއ ވިލިނގިލީ ކޮމިއުނިޓީ ސެންޓަރުގައި ކުޅުނު ފައިނަލް މެޗުގައި ގއ ވިލިނގިލި ކައުންސިލްގެ ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯއަށް ހެދި 9 ލަނޑު 3 ފޯލި މައްޗަށް  10 ލަނޑު 5 ފޯލިންނެވެ. 

މުބާރާތުގެ ބަށި ރާނީ އަކަށް ހޮވުނީ  އެންމެ މޮޅު ކުޅުންތެރިޔާ،  އެންމެ މޮޅު ޖެހުންތެރިޔާ އަދި އެންމެ މޮޅު ހިފުންތެރިޔާގެ މަޤާމް ހޯދީ ވިލިނގިލީ ކައުންސިލް ޓީމުގެ ނާޒު އެވެ.

300 × 250

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދީ ގއ އަތޮޅު ތައުލީމީ މަރުކަޒުގެ ޝާއިއެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު ޗެމްޕިއަންކަން ހޯދި ވިލިނގިލީ ކައުންސިލްގެ ޓީމަށް ވަނީ ޗެމްޕިއަން ޓްރޮފީއާއި މެޑަލް އަދި 3000 ރުފިޔާގެ ފައިސާގެ އިނާމް ޙަވާލު ކޮށްފައެވެ. ރަނަރަޕްކަން ހޯދި އެސްޓީއޯގެ ޓީމަށް ދީފައި ވަނީ ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމް ގެ ގޮތުގައި   1500 ރުފިޔާގެ އެވެ.

މުބާރާތުގެ ފެއާ ޕްލޭޓީމަކަށް ހޮވިފައިވަނީ ވިލިނގިލި އަންހެނުންގެ ކޮމެޓީގެ ޓީމެވެ.

18 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކުން ހުޅުވާލި މި މުބާރާތުގައި ބައިވެރިވީ 6 ޓީމެވެ. މުބާރާތުގައި ގަދަ 8 ކުޅުން ތެރިނންވެސް ވަނީ ހޮވާ ފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި