1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސަކަށް ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ އިންތިޚާބުކޮށްފި

GridArt_20241028_210139698
ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުކުރި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު.
އަޙްމަދު ޝަބީން
227ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިއަދު އިންތިޚާބުކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ 4 މަގާމަށް 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެތެރެއިން 4 ބޭފުޅަކަށް ރުހުން ދޭން ފެންނަ ކަމަށް މި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ މެންބަރުކަމަށް އެ 4 ބޭފުޅުން އައްޔަން ކުރައްވާފައެވެ.

އެބޭފުޅުންނަކީ ޙަސަން ޒުހައިރު މުޙައްމަދާއި، އިބްރާހީމް ޝަރީފާއި، ޝިފްޒާ ޢަބްދުލްޤައްޔޫމާއި، ޢަބްދުލްޣަނީ މުޙައްމަދެވެ.

300 × 250

5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި، ނައިބު ރައީސް އިންތިޚާބުކުރަނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޓްރައިބިއުނަލްގެ ރައީސްކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ޢަބްދުލްޣަނީއެވެ. ނައިބު ރައީސަކަށް އިންތިޚާބުވެވަޑައިގަތީ ޒުހައިރެވެ

ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ 4 މަގާމެއް ހުސްވީ މަގާމުގެ ނުފޫޒުު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުކުރެވޭތީ، 4 މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުން މިދިޔަ އޮގަސްޓުމަހު އެ މެންބަރުން ވަކިކުރެއްވުމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި