ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މާރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިއަހަރުގެ ކޮންފަރެންސަކީ ޓެންޒޭނިއާ ގެ ސަރުކާރާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ ސާމިޔާ ސުލޫހު ޙަސަންގެ ބެއްލެވުމުގެ ދަށުން ބާއްވާ ކޮންފަރެންސެކެވެ.

ރައީސް ގެ އަނބިކަނބަލުން ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގައި ކީނޯޓް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މާރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ކޮމިޓީގެ ބައްދަލުވުމުގައި އިންޓަރވެންޝަން ދެއްވުމަށް ވަނީ ހަމަޖެހިފައެވ.