1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ޚިދުމަތްތައް ދޭން ފަށައިފި

Kandithym
ށ. ކަނޑިތީމުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ މުހިންމު މަރުހަލާއެއް ނިމި، ފެނުގެ ޚިދުމަތްތައް ދޭން ފެށުން
އައިޝަތު އަންޖަަލް
208ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 

ށ. ކަނޑިތީމުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ މުހިންމު މަރުހަލާއެއް ނިމި، ފެނުގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު ފެނުގެ ނިޒާމު ވަނީ އޮޕަރޭޓަރާއި ހަވާލުކޮށް، ރަސްމީކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގައި ޤާއިމުކުރެވުނު ފެނުގެ ވަސީލަތްތަކުގެ ތެރޭގައި 55 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ހިމެނެއެވެ.

300 × 250

މީގެ އިތުރުން، 361 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއްވެސް ވަނީ ޤާއިމުކުރެވިފައެވެ. މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ ޑިފެކްޓްސް ލައަބިލިޓީ މުއްދަތުގެ މަސައްކަތްތަކެވެ. މި މުއްދަތުގައި، މަޝްރޫޢުގެ ތެރެއިން ފާހަގަކުރެވުނު ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން  ކަމަށްވެސް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން  ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢު ފުރިހަމަވުމުން، ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމުގައިވާއިރު، މިފަދަ މަޝްރޫޢުތަކުން ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ބެލެވޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

 


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި