މަސްވެރިންނަށް ނުދެވި ހުރި 15.1 މިލިއަން ރުފިޔާ ޖަމާކުރަމުންދާ ކަމަށް މިފްކޯއިން ބުނެފިއެވެ.
ރައީސް ޑރ. މުޢިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ހަވާލުކުރެވިފައި ކަމަށް ވިދާޅުވެފައެވެ. އަދި މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި 15.1 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކުރަމުންދާ ކަމަށެވެ.
ބާކީ ނުދެއްކި ހުންނާނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް ކިރުވާފައިވާ މަހަށް ދޭންޖެހޭ 2.98 މިލިއަން ރުފިޔާ ކަަމަށް މިފްކޯއިން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.